އެމްޓީސީސީގެ ފެރީއެއް: މ. އަތޮޅާއި ފ އަދި ދ އަތޮޅަށް ފެރީގެ ޚިދުމަތް ފެށުމަށް އެކުންފުނިން ވަނީ ތައްޔާރުވެފައި --

މ. އަތޮޅާއި ފ އަދި ދ އަތޮޅަށް ވަރަށް އަވަހަށް ޚިދުމަތް ފަށާނެކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓު ޑިޕާޓްމެންޓުންދޭ ހިދުމަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މ އަތޮޅުގެ އިތުރުން ފ އަދި ދ އަތޮޅަށް ފެރީގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން އެ ކުންފުންޏާއެކު މަޝްވަރާ ކޮށްފައިވާކަމަށާއި އެ ތިން އަތޮޅަށް ފެރީގެ ހިދުމަތް ދިނުމަށް ހިނގާނެ ހަރަދުގެ ތަފްސީލު ވެސް މިހާރު މިނިސްޓްރީ އާ ހިއްސާކޮށްފައިވާކަމަށެވެ.

ޝާހު ވިދާޅުވީ އެތިން އަތޮޅަށް ޚިދުމަތް ފެށުމަށް އެކުންފުނި އޮތީ ތައްޔާރަށްކަމަށާއި މިނިސްޓްރީން އެންގިހާ އަވަހަކަށް ފަށާނެކަމަށެވެ. އަދި މި ޚިދުމަތް މިހަފްތާގައިވެސް ފެށިދާނެކަމަށްވެސް ޝާހު ވިދާޅުވިއެވެ.

މ. އަތޮޅުގައި ފެރީގެ ޚިދުމަތް ދެމުން ގޮސްފައިވަނީ ވާމިލިއަން އާހަވާލުކޮށްގެންނެވެ. ނަމަވެސް އެކުންފުނިން ފެރީ ނިޒާމް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއްވެސް ގޮތެއްގައި ފޯރުކޮށްދީފައިނުވެއެވެ. އަދި ޚިދުމަތް ހުއްޓާލިކަން އަންގާފައިވަނީ މިއަހަރުގެ މެއި މަހުއެވެ. ހުއްޓާލި ސަބަބެއް އެކުންފުނިން ހާމަކޮށްފައި ނުވެއެވެ.

ޝެއަރކުރައްވާ