އަތޮޅު ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމަނާނެ ކަންކަމަށް ހިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އަތޮޅު ކައުންސިލް

މ. އަތޮޅު ކައުންސިލްގެ 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމަނާނެ ކަންކަމާއި ގުޅޭގޮތުން ހިޔާލާއި މަޝްވަރާ ހޯދުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ މުލީގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވެފައިވެއެވެ. އެގޮތުން މުލީ ރީޖަނަލް ހޮސްޕިޓަލާއި ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުންނާއި އަތޮޅުގެ ހުރިހާ ސްކޫލުތަކުންނާއި މ. އަތޮޅުގެ ފުލުހުންނާއި މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުން ބައިވެރިވެފައިވެއެވެ.

އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި ވަނީ އަތޮޅު ކައުންސިލްގެ 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމަނާނެ ސިއްޙީ، ތަޢުލީމީ އަދި އިޖުތިމާޢީ ދާއިރާގެ ހަރަކާތްތަކާ ގުޅޭގޮތުން ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުގެ ހިޔާލާއި މަޝްވަރާ ހޯދާފައެވެ.

ޝެއަރކުރައްވާ