އަތޮޅު ކައުންސިލުން ލ. އަތޮޅަށް ކުރި ތަޖުރިބާ ދަތުރުގެ ތެރެއިން -- ފޮޓޯ: އަތޮޅު ކައުންސިލް

މުލަކަތޮޅު އަތޮޅު ކައުންސިލުން ލ. އަތޮޅަށް ތަޖުރިބާ ދަތުރެއްކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ 25 ން 28 އަށް ލ. އަތޮޅަށް ކުރި މިޒިޔާރަތުގައި އަތޮޅު ކައުންސިލްގެ ޓީމުން ވަނީ ލ. އަތޮޅުގެ ބައެއް ރަށްތަކުގެ ކައުންސިލްތަކާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުމަށާއި ކައުންސިލްތަކުގެ ތަޖުރިބާތައް ހިއްސާކޮށްފައެވެ. އަދި ލ. އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކޮށް އެރަށްރަށުގައި ކުރަމުންދާ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ހޯދައި، އެރަށްރަށުގައި ހުރި އާޘާރީ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ މަޢުލޫމާތުވެސް ހޯދާފައެވެ.

އެގޮތުން  މ. އަތޮޅު ކައުންސިލްގެ ޓީމުން ވަނީ އިސްދޫ ދަނޑު ހައްދާ ސަރަޙައްދަށާއި ލ. ގަމުގައި ހުންނަ ހައިޑްރޯޕޯނިކްސް ދަނޑަށާއި މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއަށާއި ހުއިފިލަނޑާ އާލާކުރާ ސަރަޙައްދަށާއި މާމެންދޫ ދަނޑުވެރިކަން ކުރާ ސަރަޙައްދަށް ޒިޔާރަތްކޮށް އެތަންތަނުގެ މަޢުލޫމާތާއި މަސައްކަތްތަކުގެ މަޢުލޫމާތު ހޯދާފައެވެ. މީގެއިތުރުންވެސް ލ. އަތޮޅުގައި ކުރާ ލިޔެލާ ޖެހުމުގެ މަސައްކަތުގެ މަޢުލޫމާތާއި ލ. އަތޮގެ ތާރީޚާއި ގުޅޭ މަޢުލޫމާތާއި ލ. އަތޮޅުގައިހުރި އާޘާރީ ތަންތަނަށާއި މަޝްހޫރު ބައެއް ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ މަޢުލޫމާތުވެސް ހޯދާފައިވެއެވެ.

އަތޮޅު ކައުންސިލްގެ މި ތަޖުރިބާ ދަތުރުގައި އަތޮޅު ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އާއި ކައުންސިލް މެމްބަރުންގެ އިތުރުން އެއިދާރާގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އަތޮޅު ކައުންސިލުން ލ. އަތޮޅަށް ކުރި ތަޖުރިބާ ދަތުރުގެ ތެރެއިން — ފޮޓޯ: އަތޮޅު ކައުންސިލް

އަތޮޅު ކައުންސިލުން ލ. އަތޮޅަށް ކުރި ތަޖުރިބާ ދަތުރުގައި ލ. އަތޮޅުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ދަތުރަށް ލ. އަތޮޅުގެ ކައުންސިލްތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި މ. އަތޮޅު ކައުންސިލުން ވަނީ ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލާއި މާމެންދޫ އަދި އިސްދޫ ކައުުންސިލްގެ އެންމެހާ މެމްބަރުންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

ޝެއަރކުރައްވާ