ދިއްގަރު ކައުންސިލް އިދާރާ -- ފޮޓޯ: މީމު.އެމްވީ

މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ޑިރެކްޓަރގެ މަޤާމަށް މީހަކު ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނުން އިޢުލާނުކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އޮގަސްޓް 4 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ 14:000ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާއަށް ހުށަހެޅުމަށާއި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެކަމެވެ. އަދި އިޢުލާނުގައިވާ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެކަމަށްވެސް އެއިޢުލާނުގައި ވެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިމްތިހާނު، އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނީ ސެޕްޓެމްބަރު 1 ވަނަ ދުވަހާއި ސެޕްޓެމްބަރު 26 ވަނަ ދުވަހާ ދެމެދުކަމަށާއި އިމްތިޙާނު އޮންނާނީ ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓްގައެވެ. އަދި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ ސިވިލް ސަރވިސް ކޮމިޝަންގައިކަމަށާއި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއުއަށާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށް އެދޭކަމަށްވެސް އެކޮމިޝަނުންކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ޝެއަރކުރައްވާ