މަޑުއްވަރީ ސްކޫލް -- ފޮޓޯ: މީމު.އެމްވީ

މަޑުއްވަރީ ސްކޫލަށް ޕްރައިމަރީ ޓީޗަރެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.

މަޑުއްވަރީ ސްކޫލުން އޮގަސްޓް 5 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވަޒީފާއަށް އެދޭ ފޯމު މަޑުއްވަރީ ސްކޫލް އޮފީހުން ލިބެން ހުންނާނެކަމަށާއި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި އޮގަސްޓް 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މަޑުއްވަރީ ސްކޫލަށް ހުށަހެޅުމަށް ބުނެފައިވެއެވެ. އަދި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް އީމެއިލް އާއި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނަކަމަށާއި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެކަމަށްވެސް އެއިޢުލާނުގައި ވެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮގަސްޓް 20 އާއި އޮގަސްޓް22  އާ ދެމެދުގެ ތާރީޚެއްގައި މަޑުއްވަރީ ސްކޫލުގައި އޮންނާނެކަމަށާއި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް އެސްކޫލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ 10 ފަރާތެއް ޝޯޓްލިސްކުރެވޭނެކަމަށްވެސް އެއިޢުލާނުގައި ވެއެވެ. އަދި މި އިޢުލާނުގެ ދަށުން ޝަރުތު ހަމަވާ ފަރާތެއް ދާއިމީ މަޤާމަށް ނުލިބިއްޖެނަމަ ސާނަވީ ތަޢުލީމު ނުވަތަ މަތީ ސާނަވީ ތަޢުލީމު ނުވަތަ ކިޔަވައިދިނުމުގެ ރޮގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއް ވަގުތީ މަޤާމަށް ތިން މަސްދުވަހުގެ މުއްދަތަށް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެއިޢުލާނުގައި ބުނެފައިވެއެވެ.

ޝެއަރކުރައްވާ