ކުޅިވަރާ ބެހޭ ވަޒީރު ދިއްގަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙުލޫފް މ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށްފިއެވެ.

ސެޕްޓެމްބަރު 6 ން 8 އަށް މިނިސްޓަރ މ. އަތޮޅަށް ކުރެއްވި ޒިޔާރަތުގައި ވަނީ ރަތްމަންދޫ، ދިއްގަރު، މަޑުއްވަރި،، ވޭވަށް، މުލައް، ކޮޅުފުށި، މުލި އަދި ނާލާފުއްޓަށް ޒިޔާރަތްކުރައްވާފައެވެ.

ކުޅިވަރާ ބެހޭ ވަޒީރު ވޭވަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން —

މިޒިޔާރަތުގައި މިނިސްޓަރު ވަނީ އެރަށްރަށުގެ ކައުންސިލްތަކާއި ރަށްރަށުގެ ޒުވާނުންނާ ބައްދަލުކުރައްވައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ. އަދި އެރަށްރަށުގައި ހުރި ކުޅިވަރު ވަސީލަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދައްވައި،  ކުޅިވަރު ކުޅޭ ތަންތަން މިނިސްޓަރު ބައްލަވާލެއްވިއެވެ.

ކުޅިވަރާ ބެހޭ ވަޒީރު މުލަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން —

މިނިސްޓަރު މ. އަތޮޅަށް ކުރި މި ޒިޔާރަތުގައި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން އާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ބައިވެރިވެލެއްވިއެވެ. އަދި މިނިސްޓަރަށް މ. އަތޮޅުގެ ރަށްތަކުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

 

ޝެއަރކުރައްވާ