ވޭވަށާއި މުލައް ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެފްބީ

މުލީގައި ކުރިއަށްދާ މުލަކަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުން ވޭވަށު ވެދުން ވޮލީ ޓީމާއި މުލަކު ވުމެންސް ވޮލީ ކުލަބް ޖާގަހޯދައިފިއެވެ.

ވޭވަށް މުބާރާތުގެ ފައިނަލުން ޖާގަހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި މުލަކު މަސްވެރިންގެ ރޫހާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިިޔާބުކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ވޭވަށު ވެދުން ޓީމުގެ ޖާޒީ ނަމްބަރު 13 އައިޝަތު ރިޒްނާއެވެ.

ޥޭވަށާއި މުލައް ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނު ރިޒްނާއަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ — ފޮޓޯ: އެފްބީ

މުލައް މުބާރާތުގެ ފައިނަލުން ޖާގަހޯދީ ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ކޮޅުފުށީ ޒުވާނުންގެ ޖަމްޢިއްޔާއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މުލަކު ވުމެންސް ވޮލީ ކުލަބުގެ ޖާޒީ ނަމްބަރު 2 މަލްދާ މަސްޢޫދުއެވެ.

މުލަކާއި ކޮޅުފުށި ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނު މަލްދާއަށް އަތޮޅު ކައުންސިލް މެމްބަރު އަމްޖަދު ޓްރޮފީ ހަވާލުކޮށްދެއްވަނީ — ފޮޓޯ: އެފްބީ

 

މުލަކަތޮޅު ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. މުލަކާއި ވޭވަށް ވާދަކުރާ މިމެޗު ޔެސް ޓީވީން ވަގުތު ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

މުލަކަތޮޅު ވޮލީބޯޅަ މުބާރާތުގައި ޖުމްލަ 9 ޓީމަކުން ބައިވެރިފައިވެއެވެ. އެއީ މުލި، މުލައް، ކޮޅުފުށި މިއިން ކޮންމެ ރަށަކުން ދެ ޓީމާއި މަޑުއްވަރި ދިއްގަރު އަދި ނާލާފުށިން ޓީމެކެވެ.

ޝެއަރކުރައްވާ