މިދިޔަ އަހަރު ރައީސް ޔާމީން ދިއްގަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން : ރައީސް ޔާމީން ވަނީ މިއަދު ދިއްގަރަށް ވަޑައިގެންފައި --

މ. އަތޮޅަށާއި ފ. އަތޮޅަށް ކުރައްޗާ ދަތުރުފުޅުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މ. ދިއްގަރަށް ވަޑައިގެންފިއެވެ.

މިއަދު ހެނދުނު ރައީސް ޔާމިން ދިއްގަރަށް ވަޑައިގަތުމުން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާ ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސް ޔާމީންވަނީ ދިއްގަރުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ރައީސް ޔާމީން ދިއްގަރަށް ވަޑައިގެންފައިމިވަނީ ފ. އަތޮޅަށާއި މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައެވެ. މިއީ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބަށްފަހު ރައީސް ޔާމީން މ. އަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ޕީޕީއެމް ޕީއެންސީ ކައުންސިލް މެމްބަރުންގެ އިތުރުން މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާއި މިދިޔަ މަޖިލިސް އިންތިޚާބުގައި ދިއްގަރު ދާއިރާއަށް ވާދަކުރެއްވި ހީނާ ވަލީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޝެއަރކުރައްވާ