ރައީސް ޔާމިން މިދިޔަ އަހަރު މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ ރައީސް އޮފީސް

މ. އަތޮޅަށާއި ފ. އަތޮޅަށް ކުރައްޗާ ދަތުރުފުޅުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މ. މަޑުއްވަރިއަށާއި މުލަކަށް ވަޑައިގެންދިއެވެ.

ރައީސް ޔާމީން މިދެރަށަށް ވަޑައިގަތުމުން ދެރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން މިއަދު މަޑުއްވަރިއަށް ވަޑައިގަންނަވައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައިއެވެ. އަދި  މުލަކަށް ވަޑައިގަތުމުންވެސް އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުންވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅުގެ ތެރެއިން މިރޭ މުލަކުގައި ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމިން ފ. އަތޮޅަށާއި މ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ދިއްގަރަށެވެ. މިއަދު ހެނދުނު ދިއްގަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދުލުކުރައްވާފައިވެއެވެ.

މިއީ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބަށްފަހު ރައީސް ޔާމީން މ. އަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.  ދަތުރުފުޅުގައި ޕީޕީއެމް ޕީއެންސީ ކައުންސިލް މެމްބަރުންގެ އިތުރުން މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާއި ޕީޕީއެމް ޕީއެންސީގެ އިސްބައެއް ފަރާތްތަކުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ މި ދަތުރުތަކަކީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ ދަތުރުތަކެކެވެ.

ޝެއަރކުރައްވާ