-- ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

މ.މުލި-މ. ނާލާފުށި ކޯޒްވޭ މަޝްރޫޢު ޑިޒައިން އަދި އީއައިއޭ ހަދަން ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންސާ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އިންސާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް އިންޖިނިއަރ އާދަމް ޝާނިޒްއެވެ.

މ. މުއްޔާއި ނާލާފުށި ކޯޒްވޭ ޑީޒައިންކޮށް އީއައިއޭގެ މަސައްކަތް 39 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އަދި މި މަސައްކަތުގެ އަގަކީ 210،000.33ރ އެވެ.

މި މަސައްކަތުގެ ދަށުން ކޯޒްވޭ ހެދުމަށް ބޭނުންވާ ޑީޑެއިލް ޑިޒައިނާއި އެންވަޔަރަމަންޓަލް އިންޕެކްޓް އެސެސްމަންޓް ތައްޔާރުކުރުމަށްވަނީ ހަމަޖެހިފައެވެ.

ޝެއަރކުރައްވާ