މުލީގައި މިހާރު ކުރިއަށްދާ އިންޑިއާ- ރާއްޖެ ކެރަމް ޓެސްޓް ސީރީސްގެ ތެރެއިން – ފޮޓޯ: ކެރަމް އެސޯސިއޭޝަން

އިންޑިއާއިން ރާއްޖޭގެ ގައުމީ ކެރަމް ޖޫނިއަރ އަދި ސީނިއަރ ޓީމްތަކާއެކު ކުޅޭ ޓެސްޓް ސީރީސް މ. މުލީގައި އިއްޔެ ފަށައިފިއެވެ.

މުލީ ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ މި ސީރީސްގައި ފަސް މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ތިން މެޗުން މޮޅުވާ ޓީމެއް ސީރީސްއިން މޮޅުވާނެއެވެ. މި ސީރީސްއަށްފަހު ލަންކާގެ ކުޅުންތެރިންނާއެކު ކުޅޭ ޕްރެޒިޑެންޓްސް ކެރަމް ލީގުވެސް ފެށުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މިސީރީސްގައި ބައިވެރިވުމަށް އިންޑިއާގެ ސީނިއަރ 10 ކުޅުންތެރިންނާއި ޖޫނިއަރ 10 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ރާއްޖެ އައިސްފައިވެއެވެ. މި ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގެ ސިންގަލްސް ރޭންކްގެ އެއްވަނަ ޕްރަޝާންތް މޯރޭ އާއި ގިނަ ފަހަރުތަކެއްގައި ދުނިޔޭގެ ތަށި ހޯދައިފައިވާ ރަޝްމީކުމާރީ ހިމެނޭ ކަމަށެވެ.

ރާއްޖޭގެ ގައުމީ ކެރަމް ޓީމަށް މުލިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޝެއަރކުރައްވާ