މުލީ ޔޫތު ސެންޓަރުގައި ކުރިއަށްދާ ކެރަމް ޓެސްޓް ސީރީސް: މި ސީރީސް ނިމުމުން ޔޫތު ސެންޓަރުގެ ހޯލު ކެރަމް އިންޑޯ ހޯލަކަށް ބަދަލުކުރުމަށްވަނީ ހަމަޖެހިފައި – ފޮޓޯ: ކެރަމް އެސޯސިއޭޝަން

މ. މުލީ ޔޫތު ސެންޓަރުގެ ހޯލު ކެރަމް އިންޑޯ ހޯލަކަށް ބަދަކުރުމަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމީ އަދި ބައިނަލް އަގުވާމީ މުބާރާތްތައް މާލެއިން ބޭރުގައި ބޭއްވުމަކީ ބޮޑު އަމާޒެއްކަމަށާއި މިހާރު މުލީގައި ކުރިއަށްދާ އިންޑިއާ ރާއްޖެ ކެރަމް ޓެސްޓް ސީރީސް ނިމުމުން މުލީ ޔޫތު ސެންޓަރުގެ ހޯލު ކެރަމް އިންޑޯ ހޯލަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އިންޑިއާއިން ރާއްޖޭގެ ގައުމީ ކެރަމް ޖޫނިއަރ އަދި ސީނިއަރ ޓީމްތަކާއެކު ކުޅޭ ޓެސްޓް ސީރީސް މ. މުލީގައި އިއްޔެ ވަނީ ފަށާފައެވެ.

ޝެއަރކުރައްވާ