ދުނިޔޭގެ ނަފްސާނީ ދުޅެހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިއްގަރު ހެލްތު ސެންޓަރުން އިންތިޒާމްކޮށްގެން އެރަށުގައި ކަސްރަތު ޕްރޮގްރާމަކާއި ދުވުމެއް ބާއްވަން ހަމަޖެހިއްޖެއެވެ.

ކަސްރަތު ޕްރޮގްރާމާއި ދުވުން މިމަހުގެ 11 ވާ ހުކުރު ދުވަހުގެ 16:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ އުމުރުން 30 އަހަރުން މަތީގެ ފަރާތްތަކަށް އަންނަ ބުދަ ދުވަހުގެ 16:00 ކުރިން ދިއްގަރު ހެލްތު ސެންޓަރުގެ ނަންބަރަށް ގުޅުއްވައި ނަންނޯޓު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

 

“ދުޅަހެޔޮ ކަސްރަތު – ދުޅަހެޔޮ ދުވުން” މި ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިއްގަރުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން ހިންގާ ހަރަކާތެކެވެ. އަދި މިހަރަކާތުގެ ތެރެއިން ކުރިއަށް ގެންދާ ދުވުން ފެށުމުގެ ކުރިން ފިޓްޒޯންގެ މާސްޓަރ ޓްރެއިނަރެއްގެ ވަރަށް ހާއްސަ ކަސްރަތު ޕްރޮގްރާމަކާއި ދުވުން ނިމުމުން ނަފްސާނީ ދުޅެހޮޔެކަމާއިބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށާއި މިހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ދިއްގަރު ފުޓްސަލް ދަނޑުގައިކަމަ ދިއްގަރު ހެލްތު ސެންޓަރުން މަޢުލޫމާތު ދެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ އޮކްޓޫބަރު 10 ވަނަ ދުވަހެވެ.

ޝެއަރކުރައްވާ