މަޑުއްވަރީ ކައުންސިލް އިދާރާ -- ފޮޓޯ: މީމު.އެމްވީ

މ. މަޑުއްވަރީ ކައުންސިލާއި އެެވިޑް ކޮލެޖާ ގުޅިގެން އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ކޯހުގައި ބައިވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުުޅުވާލައިފިއެވެ.

ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ދޫކުރުމާއި ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީހަކީ އޮކްޓޫބަރު 14 ވަނަ ދުވަހު 14:00 ގެ ކުރިންނެވެ. މަޑުއްވަރީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޯހުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމް އެކައުންސިލުންނާއި އެވިޑް ކޮލެޖުންނާއި އެކޮލެޖްގެ ވެބްސައިޓުން ލިބެންހުންނާނެކަމަށާއި އޮފީސް ބަންދު ނޫން ދުވަސްތަކުގައި އެކައުންސިލުންނާއި އެވިޑް ކޮލެޖުން ފޯމު ބަލައިގަންނާނެކަމަށެވެ.

މި ކޯހަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެކަމަށްވެސް އެކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

އެއް އަހަރު ދުވަހަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހަކީ ރަށުގައި ތިބެގެން މަތީ ތަޢުލީމު އުނގެނުމުގެ ފަހި ފުރުޞަތު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ހޯދައި ދިނުމުގެ ގޮތުން އެކައުންސިލާއި އެވިޑް ކޮލެޖް ގުޅިގެން ހިންގުމަށް ގަސްތުކޮށްފައިވާ ކޯހެއްކަމަށް މަޑުއްވަރީ ކައުންސިލުން މަޢުލޫމާތު ދެއެވެ.

ޝެއަރކުރައްވާ