-- ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

މ. މުލަކާއި ދިއްގަރާއި ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ޑިޒައިން އާއި އީއައިއޭ ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑް، އިން އެސޯސިއޭޝަން ވިތު ލަމެއަރ ގްރޫޕް އެންޑް ނިރާސް އޭ.އެސް (ޑެންމާކް) އާ އެވެ.

އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގް އެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަމީޒް އެވެ.

މ. އަތޮޅުގެ ތިން ރަށުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ 12 ހަފްތާގެ މުއްދަތެކެވެ. މި މަސައްކަތުގެ އަގަކީ 1.9 މިލިއަން ރުފިޔާއެވެ. މި މަސައްކަތުގެ ދަށުން މި މަޝްރޫއުގެ ޑީޓެއިލް ޑިޒައިނާއި އެނަވަޔަރަމަންޓަލް އިންޕެކްޓް އެސެސްމަންޓް (އީއައިއޭ) ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝެއަރކުރައްވާ