މ. ދިއްގަރު --

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މުލަކަތޮޅު ދިއްގަރު ގައި ވޮލީ ކޯޗިންގ ކޯހެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.

މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ން 27 އަށް ދިއްގަރުގައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު ބައިވެރިވާން ބޭނުންވާ ފަރާރްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ 13:30 ގެ ކުރިން ދިއްގަރު ކައުންސިލް އިދާރާގައި ނަންނޯޓު ކުރުމަށް އެކައުންސިލުން އެދެއެވެ.

މި ކޯހާއި ގުޅޭއިތުރު މަޢުލޫމާތު ރަސްމީ ގަޑީގައި ދިއްގަރު ކައުންސިލްގެ ނަންބަރު 6720031 އަށް ގުޅުއްވުމަށް އެދޭކަމަށް އެކައުންސިލުން މަޢުލޫމާތު ދެއެވެ.

ޝެއަރކުރައްވާ