ހޭންޑްބޯލް މޯލްޑިވްސްއާއެކު މ. އަތޮޅުގެ ވަފްދުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އަތޮޅު ކައުންސިލް

މ. އަތޮޅަށް ހޭންޑްބޯލް ތަޢާރަފް ކުރުމާއި ގުޅޭގޮތުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސްއާ މ. އަތޮޅުގެ ވަފްދުން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މ. އަތޮޅަށް ހޭންޑްބޯލް ތަޢާރަފްކުރުމަށް މަޝްވަރާކުރުމުގެ އިތުރުން އަތޮޅުގައި ކޯޗިންގ ކޭމްޕެއް ހިންގުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އަންނަ އަހަރު މ. އަތޮޅަށް ހުޅުވާޅައިގެން ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު އިސްމާޢީލް އާއި އެއެސޯސިއޭޝަންގެ އިސްބައެއް މެމްބަރުންގެ އިތުރުން މ. އަތޮޅު ކައުންސިލް މެމްބަރުންނާއި ރަށްރަށުގެ ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ.

ޝެއަރކުރައްވާ