މ. އަތޮޅުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް ގާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ މިހާރު މާލެ ވަޑައިގެން އުޅުއްވާ މ. އަތޮޅުގެ ވަފްދުން ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްއާއި އެއޮފީހުގެ އިސްވެރިންނާއެކު އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަނީ ޕީޖީ އޮފީހުގެ ގޮތްޕެއް ވީހާވެސް އަވަހަކަށް ގާއިމްކުރުމާ ގުޅޭގޮތުންނާއި މ. އަތޮޅަކީ ކުށްމަދު އަތޮޅަކަށް ހެދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މ. އަތޮޅު ކައުންސިލް މެމްބަރުންނާއި ރަށްރަށުގެ ކައުންސިލް މެމްބަރުން ހިމެނޭ ވަފްދުން ދަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި އެކި މުއައްސަސާތަކުގެ އިސްވެރިންނާއެކު ބައްދަލުވުންތައް ބާއްވަމުންނެވެ.

ޝެއަރކުރައްވާ