މ. އަތޮޅަށް ދިމާވެފައިވާ ކުނީ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ހަސަންއާ މ. އަތޮޅުގެ ވަފްދުން ބައްދަލުކުރައްވައި މަޝްވަރާކޮށްފިއެވެ.

އޮކްޓޯބަރު 27 ވަނަ ދުވަހު އެމިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވަނީ އަތޮޅަށް ދިމާވެފައިވާ ކުނީގެ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުންނާއި ރަށްރަށުގެ ގޮނޑުދޮށް ގިރަމުންދާ މައްސަލައާ ރަށްރަށުގެ ކަރަންޓް ސޯލާ ކަރަންޓަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްަފައެވެ.

މި ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ އިސްވެރިންނާއި މ. އަތޮޅު ކައުންސިލް މެމްބަރުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބައިވެރިވެފައިވެއެވެ.

ޝެއަރކުރައްވާ