ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން މ. އަތޮޅުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ މިހާރު މާލެ އައިސްއުޅޭ މ. އަތޮޅުގެ ވަފްދުން ހައުސިންގ މިނިސްޓްރީ އިސްވެރިންނާއެކު އޮކްޓޫބަރު 28 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވަނީ މ. އަތޮޅުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 800 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް ވީހާވެސް އަވަސް މުސްތަގުބަލެއްގައި އެޅުމާއި ގުޅޭގޮތުންނާއި ހައުސިންގ މިނިސްޓްރީ އާ ގުޅުންހުރި  ކަންކަމުގައި މަޝްވަރާކޮށްފައެވެ.

މ. އަތޮޅުގެ ވަފްދުން ދަނީ ސަރުކާރުގެ އެކި ޒުވާތަކާއި ކުންފުނިތަކާއެކު ބައްދަލުވުންތައް ބާއްވަމުންނެވެ.

ޝެއަރކުރައްވާ