ވޭވަށުގެ ގެތަކަށް ފުލުހުން ޒިޔާރަތްކޮށް މަޢުލޫމާތު ދެނީ -- ފޮޓޯ: ޕޮލިސް

މ. މުލަކުގައި މަސައްކަތްކުރާ ފުލުހުން ވޭވަށުގެ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މުލަކު ޕޮލިސް ސްޓޭޝަނުން އިއްޔެ އެރަށުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފިލުވާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އ

ކުށުގެވެށިން ސަލާމަތްވެ ތިބުމަށާއި މުދަލާއި ގޯތިގެދޮރުގެ ސަލާމަތަށް ރައްކާތެރިވެ ތިބުމަށް ނަސޭހަތްތެރިވުމުގެ އިތުރުން އެއްގަމު އުޅަނދުތަކުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބަލާފައިވާކަމަށް ފުލުހުން މައުލޫމަތު ދެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ފުލުހުންގެ ފަރާތުން އެއްވެސް ކަމެއް ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި ނުވަތަ އެއްވެސް މައްސަލައެއް ރިޕޯޓްކުރަން ބޭނުންވެއްޖެ ނަމަ ގުޅާނެ ނަންބަރު ރައްޔިތުންނާ ހިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ޝެއަރކުރައްވާ