މ. މުލި ޕޮލިސް ސްޓޭޝަނުން އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ.

މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މުލީގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެގޮތުން މުލީގައި ދެމުންދާ ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުން ދެކޭގޮތާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ފުލުހުންނާ ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ހަމަޖެހިފައިވެއެވެ. އަދި  ގޯތި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެވޭނެކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމުގެ ތެރެއިން މުލީގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ މަޢުލޫމާތާއި މުލީގައި ދުއްވާ ކަނޑު އުޅަނދުފަހަރުގެ މަޢުލޫމާތުތައް އެއްކުރުމަށްހަމަޖެހިފައިވާކަމަށެވެ.

ޝެއަރކުރައްވާ