-- ފޮޓޯ: އަތޮޅު ކައުންސިލް

2020 ވަނަ އަހަރަށް ތައްޔާރުކޮށް ހުށައަޅާފައިވާ ބަޖެޓުގައި މުލަކަތޮޅު އަތޮޅު ކައުންސިލަށް މިއަންނަ އަހަރު 7.8 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.

2020 ވަނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓުގައި އަތޮޅު ކައުންސިލަށް ކަނޑައެޅުމަށް ހުށަހަޅާފައިވަނީ 7825989 ރުފިޔާ (ހަތް މިލިއަން އަށްލައްކަ ފަންސަވީސްހާސް ނުވަސްތޭކެ އައްޑިހަ ނުވަ ރުފިޔާ) އެވެ. މިއީ މިއަހަރު އަތޮޅު ކައުންސިލަށް ލިބުނު ބަޖެޓަށްވުރެ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު ބަޖެޓެކެވެ.

މިއަހަރު އަތޮޅު ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހިމެނެނީ 4721357 ރުފިޔާ (ހަތަރު މިލިއަން ހަތްލައްކަ އެކާވީސްހާސް ތިންސަތޭކަ ފަންސާސް ހަތް ރުފިޔާ) އެވެ. މިއަހަރުގެ ބަޖެޓަށް ވުރެ މިއަންނަ އަހަރުގެ ބަޖެޓުގައި 3104632 ރުފިޔާ (ތިން މިލިއަން އެއްލައްކަ ހަތަރުހާސް ހަސަތޭކަ ތިރީސްދެ ރުފިޔާ) އިތުރެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ކައުންސިލްތަކުގެ ބަޖެޓު ކުޑަކޮށްލާފައި ވެއެވެ. ނަމަވެސް ރައީސް ޞޯލިހުގެ ކެމްޕެއިންގައި ވަނީ ވަރަށް ބޮޑަށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވާނެ ވާހަކަފުޅު ދައްކަވާފައެވެ.އެގޮތުން މިއަަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހޅާފައިވާއިރު މި ބަޖެޓްގައި ބަޖެޓު ގައި ހުރިހާ ކައުންސިލްތަކުގެ ބަޖެޓުވެސް ވަނީ ބޮޑުކޮށްފައެވެ.

ޝެއަރކުރައްވާ