އަންނަ އަހަރަށް ލާފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅާފައިވާ ދައުލަތުގެ ބަޖެޓްގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށް 129 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

މ. އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް 129 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި މަޝްރޫޢުތައް ބެހިފައިވަނީ ގެދޮރު އިމާރާތްކުރުމާއި ޖަމާއަތުގެ ފައިދާއަށްޓަކައި ދެވޭ ހިދުމަތަށާއި ސިއްހީ ދާއިރާއަށާއި އިޖުތިމާއީ އަދި ދީނީ ހިދުމަތްތަކަށާއި ތިމާވެށި ރައްކާތެރިކުރުމަށެވެ. އަދި އިގްތިޞާދީ އަދި ސިނާއީ ކުރިއެރުމަށް ހަރަދުކުރުމާއި ތައުލީމާ ގުޅުންހުރި މަސްރޫޢުތައް ހިމެނެއެވެ.

މިދާއިރާތަކުގައި މ. އަތޮޅުގައި އަލަށް ފަށާ މަސްރޫޢުތަކާއި މިހާރު ހިނގަމުންދާ މަޝްރޫޢުތައް ހިމެނެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، އޭގައި ބުނެފައިވާ ގޮތުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އަންނަ އަހަރު 10.1 ބިލިއަން ރުފިޔާ ހޭދަކުރަން ވަނީ ނިންމައިފަ އެވެ. މިއީ މި އަހަރަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ.

ޝެއަރކުރައްވާ