ކޮޅުފުށި ކައުންސިލް އިދާރާ --

ކޮޅުފުށި ބަނދަރުމަތިން ދެ ތެޔޮބިން ކުއްޔަށް ދިނުމަށް ކޮޅުފުށީ ކައުންސިލުން އިޢުލާނުކޮށްފިއެވެ.

ކޮޅުފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރު 13 ވަނަ ދުވަހުގެ 13:00 ގައި ބާއްވާ މަޢުލުމާތު ސާފުކުުރުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު ބިޑް ހުށަހެޅުމަށް ބުނެފައިވެއެވެ.

ބިޑް ހުށަހެޅުމުގެ ތާރީހަކީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ 13:00ގެ ކުރިންނެވެ.

ކޮންމެ ފަރާތަކަށްވެސް މައުލޫމާތު ސާފުކުރެވޭނީ ކޮންމެވެސް އެއް ފަރާތެއް ނަމުގައިކަމަށާއި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރި ނުވެވޭނެކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ ކުންފުނި ތަމްސީލް ކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެކަމަށާއި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނެކަމަށްވެސް ނޮވެމްބަރު 6 ވަނަ ކޮޅުފުށީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވެއެވެ.

 

ޝެއަރކުރައްވާ