މުލީ ރީޖަނަލް ހޮސްޕިޓަލަށް ފުލުހުން ކުރ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ޕޮލިސް

މުލީ ރީޖަނަލް ހޮސްޕިޓަލްގައި ތިބި ބަލިމީހުންނަށް މުލީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ޒިޔާރަތްކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ކުރި މި ޒިޔާރަތުގައި އެހޮސްޕިޓަލްގައި އެނދުމަތިކޮށްފައިތިބި ބަލިމީހުންނަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު ބަލާފައިވާކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ހަދިޔާއެއްވެސް ދީފައިވެއެވެ.

މިއީ ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތެއްކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުން ދަނީ އާންމު ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމަށާއި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޝެއަރކުރައްވާ