މުލީ ސްޕޯޓްސް ކުލަބުގެ ޓީމު -- ފޮޓޯ: މުލީ ސްޕޯޓްސް ކުލަބް

މ. މުލީ ސްޕޯޓްސް ކުލަބާއި ދ. މީދޫ ފުޓްބޯޅަ ޓީމު ވާދަކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗު މުލިން ކާމިޔާބުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު މުލިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މުލީ ސްޕޯޓްސް ކުލަބާއި މީދޫ ފުޓްބޯޅަ ޓީމު ވާދަކުރިމެޗުގެ ތެރެއިން — ފޮޓޯ: މުލީ ސްޕޯޓްސް ކުލަބް

މިމެޗުގައި މުލިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެލަނޑު ޖާޒީ ނަންބަރު 17 އަޙްމަދު ރައިހާން ކާމިޔާބުކޮށްދިންއިރު ދެން ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރު 14 ނާސިފް ޒަމީރުއެވެ. މިމެޗުގައި މީދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 19 ސުދައިސް މޫސާއެވެ.

މީދޫ ފުޓްބޯޅަ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް މުލީ ޓީމު އެރަށަށް ދިއުމުން މަރުހަބާ ކިޔަނީ: އެރަށުން މުލީ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި — ފޮޓޯ: މުލީ ސްޕޯޓްސް ކުލަބް

މި މެޗަކީ އަތޮޅު މުބާރާތަށް ތައްޔާރުވުމަށް މުލީ ސްޕޯޓްސް ކުލަބުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. މިމެޗަށް މުލީ ޓީމު މީދޫއަށް ދިއުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޝެއަރކުރައްވާ