-- ފޮޓޯ: ޑީސީޖޭ

މ. ދިއްގަރު ކުލަބެއްކަމަށްވާ ޑީސީޖޭ ސްޕޯޓްސް ކުލަބުގެ އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެކުލަބުގެ އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން ޑިސެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު މިވަގުތު ހުޅުވާލާފައިވަނީ އުމުރުން 4 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނަށެވެ.

ޑީސީޖޭއިން ބުނީ އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު މިވަގުތު ހުޅުވާލާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް އެކަނިކަމަށާއި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ދޮންމުރަކަ ކަލެކްޝަނުންކަމަށެވެ.

އެކަޑަމީގައި ބައިވެރިވުމަށް އެދޭ ފޯމާއެކު 250 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ނެގުމަށް ހަމަޖެހިފައިވާކަމަށާއި އެކަޑަމީގައި ބައިވެރިވާ ކުދިންނަށް ޔުނީފޯމް ހިލޭ ފޯރުކޮށްދޭނެކަމަށްވެސް އެކުލަބުން މަޢުލޫމާތު ދެއެވެ.

ޑީ ސީ ޖޭ ސްޕޯރޓްސް އެކަޑަމީ ހުޅުވުމަށް ހަމަޖެހިފައިވަނީ 17 ޖެނުއަރީ 2020 ވާ ހުކުރުދުވަހުއެވެ. އެކަޑަމީ ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚައް އެއްވެސް ބަދަލެއް އައިސްފިނަމަ އެކަން އެކަޑަމީގައި ބައިވެރިވެފައިވާ ހުރިހާ ދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރިންނަށް އާންމުކޮށް އިއުލާނުކުރާނެކަމަށްވެސް އެކުލަބުން މަޢުލޫމާތު ދެއެވެ.

ޑިސީޖޭ ސްޕޯޓްސް ކުލަބަކީ ދިއްގަރުގައި ހަރަކާތްތެރިވަމުންދާ ކުލަބް ޖަމްޢިޔާތަކުގެ ތެރެއިން ހަރަކާތެރި އެއް ކުލަބެވެ.

ޝެއަރކުރައްވާ