ވޭވަށު ބަނދަރު މަޝްރޫޢު ފެށުމަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސްފައި -- ފޮޓޯ: އެމްޓީސީސީ

މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާ ސްޓަކްޗާ އިން އެމްޓީސީސީއާ ހަވާލު ކުރި މ. ވޭވަށު ބަނދަރު ހެދުމުގެ މަޝްރޫއު މޮބިލައިޒްކޮށްފިއެވެ.

މިމަޝްރޫޢު މޮބިލައިޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރގެ ފަރާތުން 48،863،172.98 ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ.

މިމަޝްރޫޢުގެ ދަށުން 300 ×800 ފޫޓަށް ބަނދަރު ބޮޑުކުރުމާއި، 350 މީޓަރުގެ ބޭރު ތޮށި ލުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1880 އަކަމީޓަރުގެ ޕޭވްމަންޓު ހެދުން ހިމެނެއެވެ . އަދި 02 ނެރު ބައްތި ހަރުކުރުމާއި، ބަނދަރު ސަރަހައްދުގައި 19 ބައްތި ހަރުކުރުން ހިމެނެއެވެ.

ޝެއަރކުރައްވާ