މުލީ ރީޖަނަލް ހޮސްޕިޓަލް -- ފޮޓޯ: މީމު.އެމްވީ

މުލީ ރީޖަނަލް ހޮސްޕިޓަލްގެ ގޯތިތެރޭގައި ކެންޓީނެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެހޮސްޕިޓަލުން އިޢުލާނުކޮށްފިއެވެ.

އެހޮސްޕިޓަލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުގެ 13:00 ގެ ކުރިން މަޢުލުމާތު ސާފުކުރުމަށްފަހު ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ 13:00 އަށް ހޮސްޕިޓަލްގެ އޮފީހަށް އަންދާސީ ހިސާބާއެކު ވަޑައިގެންނެވުމަށް އެދޭކަމަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމަށާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރެވޭނެކަމަށްވެސް އެއިޢުލާނުގައި ވެއެވެ.

ޝެއަރކުރައްވާ