ކޮޅުފުށި ކައުންސިލް އިދާރާ --

 ދުނިޔޭގެ ފެންވަރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތަކާއި ޖަމާއަތްތަކުގެ ގޮފިތަކާ ގުޅިފައިވާ ފަރާތްތަކަށް ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ނުދިނުމަށާއި އެފަރާތްތަކާމެދު ހަރުކަށީ ފިޔަވަޅު އެޅުމަށް ކޮޅުުފުށީ ކައުންސިލުން ގޮވާލައިފިއެވެ.

ކޮޅުފުށީ ކައުންސިލުން މިގޮތަށް ގޮވާލާފައިވަނީ އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާ ގުޅިގެން މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ނެރުނު ރިޕޯޓާ ގުޅިގެން އެކައުންސިލުން އިއްޔެ ނެރުނު ގަރާރުގައެވެ.

ކޮޅުފުށީ ކައުންސިލުން ނެރުނު ގަރާރުގައި ވަނީ ދުނިޔޭގެ ފެންވަރުގައި އޮޕަރޭޓްކުރާ ޓްރެރިސްޓް ޖަމާއަތްތަކާއި ޖަމާއަތްތަކުގެ ގޮފިތަކާއި އެޖެންޓުން ދިވެހިރާއްޖޭގައި ހަރަކާތް ތެރިވަމުންދާކަމަށާއި މިފަދަ ޖަމާއަތްތަކުގެ މީހުން ރާއްޖޭގައި ހަރަކާތްތެރިވެ މިފަދަ ނޭއްގާނީ ނުބައި އަމަލުތައް ހިންގަމުން ދިއުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ ނުބައި ފައްތަރަކަށް ވެއްޓިދާނެކަމުގެ ބިރުއޮތްކަމަށް ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާ ގުޅިގެން މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށެވެ.

އެހެންކަމުން މިފަދަ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ރާވާ ހިންގާ ޖަމިއްޔާ ޖަމާއަޔްތަކާއި އާންމު ފަރުދުންނަށް ދިވެހިރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ނުދިނުމަށާއި މިފަދަ ފަރާތްތަކަށް ރާއްޖޭގޭ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށާއި މިފަދަ ހަރަކާތްތަކާއި އެފަދަ ކަންކަމަށް ހިތްވަރުލިބޭގޮތަށް މަސައްކަތްކުރާ ފަރާތްތައް ހުއްޓުވުމަށް އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާކަމަށް ކޮޅުފުށީ ކައުންސިލްގެ ރައީސް ރާއި ނައިބު ރައީސް ސޮއިކޮށް ނެރުނު ގަރާރުގައި ވެއެވެ.

ޝެއަރކުރައްވާ