-- ފޮޓޯ: ސޮސައިޓީ އޮފް ޔޫތު އެންހޭންސްމަންޓް

މ. މުލީ ޖަމްއިއްޔާއެއްކަމަށްވާ ސޮސައިޓީ ފޮރ ޔޫތު އެންހޭންސްމަންޓުން އިންތިޒާމްކޮށްގެން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފޮޓޯގްރަފީ ނިންމާލައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެރޭ މ. މުލީ ޔޫތު ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ސެޓްފިކެޓް ބައްސަވާ ދެއްވީ މުލީ ކައުންސިލްގެ ރައީސް އަޙްމަދު ސާތިރުއެެވެ.

ނޮވެމްބަރު މަހުގެ 13 ން 19 އަށް މުލީގައި ކުރިއަށް ގެންދިޔަ މި ކޯހުގައި 17 ފަރާތަކުން ބައިވެރިވެފައިވެއެވެ.  މި ބައިވެރިންގެ ތެރޭގައި މުލީގެ ޒުވާނުންނާއި އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސްކޫލު ދަރިވަރުން ހިމެނެވެ.

— ފޮޓޯ: ސޮސައިޓީ އޮފް ޔޫތު އެންހޭންސްމަންޓް

މި ކޯހުގައި ފޮޓޯގްރަފީގެ އަސާސީ ހުނަރުތައް ކިޔަވައިދީ،ޕްރެކްޓިކަލް ސެޝަންވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ކޯހުގެ ތެރެއިން  ފޮޓޯގްރަފީ މުބާރާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. “ކޮރަޕްޝަންއާ ދެކޮޅު” މި ތީމުގެ ދަށުން ކުރިއަށް ގެންދިޔަ މުބާރާތުގެ އެއްވަނަ ހާސިލްކުރީ އިސްމާޢީލް ރަޝީދުއެވެ.

އިސްމާއީލް ރަޝީދަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މުލަކަތޮޅު އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް ސިދުޤީއެވެ، ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި  ފޮޓޯގްރަފީ މުބާރާތުގައި ފަނޑިޔާރުކަން ކުރި ފަރާތްތަކަށާއި ކޯސް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދީފައިވާ ފަރާތްތަކަށް ސެޓްފިކެޓް ދީފައިވާއިރު މި ފަރާތްތަކަށް ސެޓްފިކެޓް ބައްސަވާ ދެއްވީ މުލަކަތޮޅު އަތިޮޅު ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް އަލްއުސްތާޛް މުޙައްމަދު ނިޔާޒްއެވެ.

— ފޮޓޯ: ސޮސައިޓީ އޮފް ޔޫތު އެންހޭންސްމަންޓް

މި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ކުރިއަށް ގެންދިޔަ ފޮޓޯގްރަފީ މުބާރާތުގެ ޖަޖިންގ ކޮމިޓީގެ ފަރާތުން މުލަކަތޮޅު އަތޮޅު ކައުންސިލްގެ ޑިރެކްޓަރު މުޙައްމަދި ނިޔާޒް ވާހަކަފުޅު ދެއްކެވިއިރު، ބައިވެރިންގެ ފަރާތުން ވާހަކަދެއްކެވީ މުލީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ ހުޝެއިން ރަޝީދުއެވެ. އަދި ކޯހުގައި ބައިވެރިވި ސްކޫލު ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ޝުއޫރު ފާޅުކުރެއްވީ ޙަސަން ސޮބާހުއެވެ.

މި ކޯހުގައި ކިޔަވައިދެއްވާފައިވަނީ މިދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމަށްވާ މުޙައްމަދު އައްފާން މުސާ އެވެ.

ޝެއަރކުރައްވާ