ކަސަބު ކޭމްޕުގެ ބައިވެރިންނަށް ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ: ޕޮލިސް

އިމާދުއްދީން ސްކޫލް ސްކައުޓް ގްރޫޕާއި މުލަކު ސްކޫލް ސްކައުޓް ގުޅިގެން ކުރިއަށް ގެންދާ ” ކަސަބބު އެނުއަލް ކޭމްޕު” ގެ ބައިވެރިންނަށް ފުލުހުން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ “ހެއްވާލާ” ގެ ނަމުގައި ފުލުހުން ކުރިއަށް ގެންދިޔަ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ތަފާތު އޮބްސްޓަކަލްސްތައް ހިމަނައިގެންކަމަށާއި މި ހަރަކާތް 80 އިންސައްތަ ބައިވެރިން ފުރިހަމަކޮށްފައިވާކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ދެ ފަރާތެއް އެހީތެރިކަމާއެކުކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

ނޮވެމްބަރު 21 ން 25 އަށް މުލަކު ސްކޫލުގައި ކުރިއަށްދާ “ކަސަބު އެނުއަލް ކޭމްޕް” އަކީ އިމާދުއްދީން ސްކައުޓް ގްރޫޕްކަމަށްވާ 20 ވަނަ މާލޭ ސްކައުޓް ގްރޫޕާއި މުލަކު ސްކޫލްގެ ސްކައުޓް ގްރޫޕްކަމަށްވާ 4 ވަނަ މީމު ސްކައުޓް ގްރޫޕް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

މި ކޭމްޕުގައި އަންހެން ނުވަ ސްކައުޓުންނާއި 48 ފިރިހެން ސްކައުޓުން ބައިވެރިވެއެވެ.

ޝެއަރކުރައްވާ