މުލީގައި ދުއްވާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތް: ފޮޓޯ: ޕޮލިސް

ބޮޑު ޗުއްޓީއާ ދިމާކޮށް މުލީގައި ދުއްވާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް މުލީގައި މަސައްކަތްކުރާ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު މުލީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަންކަން ކަށަވަރުވެފައި ވޭތޯ ބަލާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އަދި ދަތުރަށް އަރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް ބަލައި، ރައްކާތެރިކަމަށްޓަކައި އިތުރަށް ފުރިހަމަކުރަން ޖެހެނީ ކޮންކަންތައްތަކެއްތޯ ބަލައި ދެފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމުގައި މުލީގައި ދުއްވާ ކަނޑު ދަތުރުފަތުރުކުރާ ގިނަ އުޅަނދުތައް ބަލައިފާސްކޮށްފައިވެއެވެ.

ޝެއަރކުރައްވާ