ކޮޅުފުށި ކައުންސިލް އިދާރާ --

މ. ކޮޅުފުށީ ކައުންސިލް އިދާރާއަށް ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް އެކައުންސިލުން އިޢުލާނުކޮށްފިއެވެ.

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 2019 ޑިސެމްބަރު 3 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮޅުފުށީ ކައުންސިލް އިދާރާއަށް ހުށަހެޅުމަށާއި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެކަމަށް ކޮޅުފުށީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ގަނެވޭނެކަމަށާއި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓް ލިސްޓްކުރެވޭނެކަމަށްވެސް އެއިއުލާނުގައި ވެއެވެ.

ޝެއަރކުރައްވާ