މަޑުއްވަރީ ކައުންސިލް އިދާރާ -- ފޮޓޯ: މީމު.އެމްވީ

މ. މަޑުއްވަރީ ކައުންސިލް އިދާރާއަށް އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރެއް ހޯދުމަށް އެކައުންސިލުން އިޢުލާނުކޮށްފިއެވެ.

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 2019 ޑިސެމްބަރު 3 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މަޑުއްވަރީ ކައުންސިލް އިދާރާއަށް ހުށަހެޅުމަށާއި މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2019 ޑިސެމްބަރ 08 އާއި، 2019 ޑިސެމްބަރ 17 އާ ދެމެދު މަޑުއްވަރީ ކައުންސިލް އިދާރާގައި އޮންނާނެކަމަށް އެކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވެއެވެ.

އަދި މި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ތާރީޚަށް އިތުރު ބަދަލެއް އަންނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާ އިންޓަރވިއު އަށް ސޯޓްލިސްޓްކުރެވޭ އެންމެހާ ފަރާތްތަކަށް އިންޓަވިއު ބޭއްވޭ ތާރީޚުގެ 24 ގަޑިއިރުކުރިން އަންގާނެކަމަށްވެސް އެއިއުލާނުގައިވެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓް ލިސްޓްކުރެވޭނެކަމަށްވެސް އެއިއުލާނުގައި ވެއެވެ.

ޝެއަރކުރައްވާ