ފުލުހުންނާ މުލީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޕޮލިސް

ކުށްމަދުކުރުމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންނާއި މުލީ ކައުންސިލް ގުޅިގެން ހިންގިދާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ނޮވެމްބަރު 24 ވަނަ ދުވަހު މުލީ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ވަނީ ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން 2020 ވަނަ އަހަރު ހިންގިދާނެ ޕްރޮގްރާމްތަކާއި މުލީ ކައުންސިލުން ހިންގުމަށް ރާވާފައިވާ ކަންކަމާއި ފުލުހުންގެ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އަދި މުލީގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުތަކުގެ ދަފްތަރެއް އެކުލަވާލުމާއި، އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނާއި ގަވައިދާ ހިލާފަށް ދުއްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުންނާއި މުލީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށާއި މުލީގައި ހުރި ފިހާރަތަކާއި ސަރުކާރުގެ އިމާރާތްތަކުގައި ސެކިއުރިޓީ ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ފުލުހުންނާއި ކައުންސިލް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

މި ބައްދަލުވުމުގައި މުލީ ޕޮލިސް ސްޓޭޝަންގެ އިންޗާރޖް އާއި މުލީ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި ކައުންސިލްގެ މެމްބަރުގެ އިތުރުން ޒިންމާދާރު ވެރިޔާ ބައިވެރިވެލެއްވިއެވެ.

ޝެއަރކުރައްވާ