މ. މުލި -- ފޮޓޯ: ޓުވިޓަރ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނިގެން މ. އަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މުލީ އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިތައް އަމިއްލަ ގޯތީގަައި އެޅުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް މުލީ ކައުންސިލުން ހުޅުވާލައިފިއެވެ.

އެކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގައި ހިމެނިގެން މުލީގައި 160 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އަންގާފައިވާކަމަށާއި އަމިއްލަ މީހުންގެ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓު ކުރުމަށް އެދޭކަމަށެވެ.

ނަންނޯޓު ކުރުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށް މުލީ ކައުންސިލުން ޑިސެމްބަރު 9 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ތެރެއިން މ. އަތޮޅުގައި 800 ހައުސިންގ ޔުނިޓް އެޅުމަށްވަނީ ހަމަޖެހިފައެވެ.

ޝެއަރކުރައްވާ