ވާހަކަ ޑޮޓް ކޮމްގެ މަވެށި ވާހަކަ ފޮތްބައި ނެެރެފިއެވެ.

އެ ފޮތްބައި ނެރުމަށް ބޭއްވި ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވާ، އެ ފޮތް ބައި ނެރެދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖް ޔުމްނާ މައުމޫން އެވެ.

5 ވާހަކަ ފޮތް ހިމެނޭ މަވެށި ފޮތްބައި ލިޔެފައިވަނީ ހުސެއިން ޝަހުދީއެވެ. ވާހަކަ.ކޮމް އިން މައުލޫމާތު ދޭ ގޮތުގައި އެ ފޮތްބައިގަ ހިމެނޭނީ ރާއްޖޭގެ ތިމާވެއްޓާއި ރަށްފުށު ދިރިއުޅުން ރަމްޒު ކޮށްދޭ ވާހަކަތަކެވެ.

ވާހަކަ.ކޮމް އިން ވަނީ މީގެ ކުރިންވެސް “ބަސްނާފުށި” ނަމުގައި ކުޑަކުދިންގެ ވާހަކަ ފޮތެއް ނެރެފައެވެ. މިއީ މިފަދަ ގޮތަކަށް ނެރޭ ދެވަނަ ވާހަކަ ފޮތްބައެވެ.

ވާހަކަ.ކޮމް ވުޖޫދަށް އައިސްފައިވަނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން ވާހަކަ.ކޮމް އިން ވަނީ 2000 އަށްވުރެ ގިނަ ވާހަކަ އެ ވެބްސައިޓްގައި ޝާއިއު ކޮށްފައެވެ.

ޝެއަރކުރައްވާ