މަޑުއްވަރީ ކައުންސިލް އިދާރާ -- ފޮޓޯ: މީމު.އެމްވީ

މ. މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ތިން މެމްބަރުން އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަން ޒާހިދާ އިބްރާހިމް އާއި ސަޒިއްޔާ ޢަބްދުލް ޣަފޫރު އަދި ހައްވާ އިލްހާމާ ކާމިޔާބުކޮށްފިއެވެ.

ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެއެވެ. ހަތް ކެންޑިޑޭޓުން ވާދަކުރި ބައިއިލެކްޝަން ކާމިޔާބުކުރި ތިން ކެންޑިޑޭޓުންގެ ތެރެއިން ޒާހިދާ އާއި ސަޒިއްޔާއަށް 25 ވޯޓު ލިބުނުއިރު އިލްހާމާއަށް ލިބިފައިވަނީ 22 ވޯޓެވެ.

ދެން އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓަށް ބަލާއިރު، ހުސްނާއަށް 21 ވޯޓު ލިބުނުއިރު ސޮފިއްޔާއަށްް  ލިބިފައިވަނީ  13 ވޯޓެވެ. އަދި އައިޝަތު އަލީއަށް 11 ވޯޓު ލިބުނުއިރު ނިޒާރާ އިދުރީސްއަށް ލިބިފައިވަނީ 18 ވޯޓެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަސް މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު އިސްތިއުފާ ދިނުމާއި ގުޅިގެން ހުސްވެފައިވާ ތިން މެމްބަރުން އިންތިޚާބުކުރުމަށް މަޑުއްވަރީ ކައުންސިލް އިދާރާއިން އިޢުލާނުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.

ޝެއަރކުރައްވާ