ހަކުރު ބައްޔާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ޒިމީނިއޯ

ކުލަބް އަޕްރައިޒިންގ އިން އިންތިޒާމްކޮށްގެން މަޑުއްވަރީގައި މިހާރު ކުރިއަށް ގެންދާ ސީޔޫ ޗެމްޕިއަންޝިޕާ ގުޅުވައިގެން އެރަށުގެ ރައްޔިތުންނަށް ހަކުރު ބައްޔާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މަޑުއްވަރީ ކައުންސިލް އިދާރާގައި ރޭ ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމަކީ ސީޔޫ ޗެމްޕިއަންޝިޕާ ގުޅުވައިގެން ކުލަބް އަޕްރައިޒިންގ އާއި ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އާއި މަޑުއްވަރީ ކައުންސިލާއި އެރަށު ސިއްޙީ މަރުކަޒު ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.

ހަކުރު ބައްޔާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން — ފޮޓޯ: ޒިމީނިއޯ

މި ޕްރޮގްރާމުގައި ވަނީ ހަކުރު ބައްޔަކީ ކޮބައިކަމާއި މިބަލީގެ ނުރައްކާތެރިކަމާއި ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ކެއުން ބައްޓަންކުރަންވީ ގޮތާއި ބޭސް ބެނުންކުރުމާއި ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު އުމުރު ފުރާތަކާ ގުޅޭ މައުލޫމާތު ދީފައިވެއެވެ.

މަޑުއްވަރީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ބޭފުޅުންނެވެ. މި ސެޝަންގެ އިތުރުން މަޑުއްވަރީގައި ހަކުރު ބައްޔަށް ސްކީްރީން ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމް އެރަށު ސިއްޙީ މަރުކަޒުގައި ކުރިއަށް އެބަދެއެވެ.

ކުލަބް އަޕްރައިޒިންގ އިިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ޓްރެވަލް ޕާޓްނަރަކީ އެޕަލް ފެރީ ސަރވިސްއެވެ. އަދި ސްޕޮންސަރަކީ ކަމަދަ ޕްރައިވެޓް ލިމިޓެޑްއެވެ. އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ޒިމީނިއޯ ފޮޓޯގްރަފީ ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ މީމު.އެމްވީއެވެ.

ޝެއަރކުރައްވާ