މަޑުއްވަރީގައި ކުރިއަށް ގެންދިޔަ ސްކްރީން ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --

ކުލަބް އަޕްރައިޒިންގ އިން އިންތިޒާމްކޮށްގެން މަޑުއްވަރީގައި މިހާރު ކުރިއަށް ގެންދާ ސީޔޫ ޗެމްޕިއަންޝިޕާ ގުޅުވައިގެން އެރަށުގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހަކުރުބައްޔައް ޓެސްޓްކުރުމާއި ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު ދެނަގަތުމާއި ލޭމައްޗަށް ދޭތޯބެލުމާއި ބޮޑީފެޓް ޕަރސެންޓޭޖް ބަލައި، ހަކުރު ބައްޔާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މަޑުއްވަރީގައި ކުރިއަށް ގެންދިޔަ ސްކްރީން ކުރުމުގެ ޕްރޮގްރާމަކީ ސީޔޫ ޗެމްޕިއަންޝިޕާ ގުޅުވައިގެން ކުލަބް އަޕްރައިޒިންގ އާއި ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އާއި މަޑުއްވަރީ ކައުންސިލާއި އެރަށު ސިއްޙީ މަރުކަޒު ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.

ކުލަބް އަޕްރައިޒިންގ އިިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ޓްރެވަލް ޕާޓްނަރަކީ އެޕަލް ފެރީ ސަރވިސްއެވެ. އަދި ސްޕޮންސަރަކީ ކަމަދަ ޕްރައިވެޓް ލިމިޓެޑް އާއި ވަންޑާބަރ އިންއެވެ. އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ޒިމީނިއޯ ފޮޓޯގްރަފީ ހަމަޖައްސާފައިވާއިރު މީޑިއާ ޕާޓްނަރަކީ މީމު.އެމްވީއެވެ.

ޝެއަރކުރައްވާ