ގްރީން ސްޓަރ އާއި މަޑުއްވަރީި މުސްކުޅި ބޯއިސް ވާދަކުރި މެޗުގެ ތެރެއިން: ގްރީން ސްޓަރ ވަނީ ސެމީން ޖާގަހޯދާފައި -- ފޮޓޯ: ޒިމީނިއޯ

މަޑުއްވަރީގައި މިހާރު ކުރިއަށްދާ ސީޔޫ ޗެމްޕިއަންޝިޕްގައި އެފްސީ ޗެމްޕިއަން ބަލިކޮށް ގްރީން ސްޓަރ ސެމީގެ ޖާގައެއް ކަށަވަރުކުރިއިރު، ބްރަދަރސް އޮފް ދަ ގޭންގުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި އެފްސީ ޗެމްޕިއަން އާއި ގްރީން ސްޓަރ ވާދަކުރި މެޗު އެޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ގްރީން ސްޓަރ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި އިބްރާހިމް މާހިރު ހެޓްރިކް ހެދިއިރު، ދެން ލަނޑު ޖަހައިދިނީ މުހައްމަދު ހަންނާދު ހޫދުއެވެ. މިމެޗުގައި އެފްސީ ޗެމްޕިއަންއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޙުސައިން ސާމީއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤަމަށް ހޮވުނީ ގްރީން ސްޓަރގެ އިބްރާހިމް މާހިރުއެވެ.

އެފްސީ ބާޒާއި ބްރަދަރސް އޮފް ދަ ގޭންގް ވާދަކުރި މެޗުގެ ތެރެއިން: ބްރަދަރސް އޮފް ދަ ގޭންގުންވަނީ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓާފައި — ފޮޓޯ: ޒިމީނިއޯ

ބްރަދަރސް އޮފް ދަ ގޭންގުން މަޑުއްވަރީ މުސްކުޅި ބޯއިސްއާ ވާދަކޮށް 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް މުބާރާތުގައި ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާ ވަނީ ދަމަހައްޓާފައެވެ. އެޓީމު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފައެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ބްރަދަރސް އޮފް ދަ ގޭންގުން ޖެހި ހަތަރު ލަނޑުވެސް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި އަލީ އިރުފާދުއެވެ. މަޑުއްވަރީ މުސްކުޅި ބޯއިސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހަސަން އަލީއެވެ.

ސީޔޫ ޗެމްޕިއަންސިޕްގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ޝެއަރކުރައްވާ