މަޑުއްވަރީ މުސްކުޅި ބޯއިސް އާއި އެފްސީ ބާޒު ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: ޒިމީނިއޯ

މަޑުއްވަރީގައި މިހާރު ކުރިއަށްދާ ސީޔޫ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ބްރަދަރސް އޮފް ދަ ގޭންގް އާއި މަޑުއްވަރީ މުސްކުޅި ބޯއިސް އާއި އެފްސީ ބާޒު އަދި ގްރީން ސްޓަރ ޖާގަހޯދައިފިއެވެ.

ބްރަދަރސް އޮފް ދަ ގޭންގުން ސެމީ ފައިނަލުން ޖާގަހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު އެއް ވަނަ ޓީމުގެ ގޮތުގައެވެ. ދެވަނަ ޓީމުގެ ގޮތުގައި މަޑުއްވަރީ މުސްކުރި ބޯއިސް ސެމީން ޖާގަހޯދީ ކުޅުނު ހަތަރު މެޗުން ލިބުނު 7 ޕޮއިންޓާއެކުއެވެ. އެފްސީ ބާޒުން ކުޅުނު ހަތަރު މެޗުން ލިބުނު 6 ޕޮއިންޓާއެކު ތިން ވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަހޯދިއިރު، ހަތަރު ވަނަ ޓީމުގެ ގޮތުގައި 4 ޕޮއިންޓާއެކު ސެމީން ޖާގަހޯދީ ގްރީން ސްޓަރއެވެ. މުބާރާތުގައި ދެން ހިމެނޭ އެފްސީ ޗެމްޕިއަންއަށް މުބާރާތް ނިމިފައިވާއިރު އެޓީމު މުބާރާތް ނިންމާލީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެއެވެ.

ސީޔޫ ޗެމްޕިއަންޝިޕްގެ ޕޮއިންޓް ޓޭބަލް: ސެމީގެ މެޗުތައް މިއަދު ފަށާނެ — ފޮޓޯ: ކުލަބް އަޕްރައިޒިންގ

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ހަވީރު ކުޅުމަށްހަމަޖެހިފައިވާއިރު، ފުރަތަމަ ސެމީ ފައިނަލްގައި ވާދަކުރާނީ ގްރޫޕް ސްޓޭޖްގެ އެއްވަނަ ޓީމުކަމަށްވާ ބްރަދަރސް އޮފް ދަ ގޭންގް އާއި ތިން ވަނަ ޓީމްކަމަށްވާ އެފްސީ ބާޒެވެ. މި ދެޓީމު ގްރޫޕް ސްޓޭޖުގައި ވާދަކޮށްފައިވާއިރު، އެމެޗު ކާމިޔާބުކޮށްފައިވަނީ ބްރަދަރސް އޮފް ދަ ގޭންގުންނެވެ. ސެމީ ފައިނަލް ފުރަތަމަ މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ.  ސެމީ ފައިނަލް ދެވަނަ މެޗުގައި މިއަދު 17:00 ގައި ވާދަކުރާނީ ގްރޫޕް ސްޓޭޖުގެ ދެވަނަ ޓީމުކަމަށްވާ މަޑުއްވަރީ މުސްކުޅި ބޯއިސް އާއި ހަތަރު ވަނަ ޓީމުކަމަށްވާ ގްރީން ސްޓަރއެވެ. މިދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ.

ޖުމްލަ ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ.

ޝެއަރކުރައްވާ