މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބްރަދަރސް އޮފް ދަ ގޭންގް -- ފޮޓޯ: ޒިމީނިއޯ

މަޑުއްވަރީ މުސްކުޅި ބޯއިސްގެ މައްޗަށް ކުރިހޯދައި ސައްތައިން ސައްތަ ރެކޯޑަކާއެކު ސީޔޫ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ބަރަދަރސް އޮފް ދަ ގޭންގުން ހޯދައިފިއެވެ.

މަޑުއްވަރީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ބްރަދަރސް އޮފް ދަ ގޭންގުން ކާމިޔާބުކުރީ މަޑުއްވަރީ މުސްކުޅި ބޯއިސް އާ ވާދަކޮށް 3-0 ންނެވެ.

މުބާރާތުގެ ރަނަރަޕްކަން ހޯދި މަޑުއްވަރީ މުސްކުޅި ބޯއިސް — ފޮޓޯ: ޒިމީނިއޯ

މި މެޗުގައި ބްރަދަރސް އޮފް ދަ ގޭންގުން ޖެހި ތިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ އިރުފާދުގެ އިތުރުން އަޔާޒް އަހްމަދު އާއި އަބްދުﷲ ރަޝީދުއެވެ.

މުބާރާތުގެ ފެއަރޕްލޭ ޓީމަށް ހޮވުނީ އެފްސީ ބާޒެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް އެފްސީ ބާޒުގެ އަޖުފާން އިސްމާއިލް ހޮވުނުއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބްރަދަރސް އޮފް ދަ ގޭންގުގެ އަލީ އިރުފާދެވެ. އޭނާ ވަނީ މުބާރާތުގައި 8 ލަނޑު ޖަހާފައެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން — ފޮޓޯ: ޒިމީނިއޯ

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ބްރަދަރސް އޮފް ދަ ގޭންގުގެ ޒައިދާން އަހްމަދު އާއި އަބްދުﷲ ރަޝީދު އާއި މަޑުއްވަރީ މުސްކުޅި ބޯއިސްގެ ހަސަން އަލީ އާއި މުހައްމަދު ޒަޔާން މުލާޒްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބްރަދަރސް އޮފް ދަ ގޭންގުގެ އަލީ އިރުފާދުއެވެ.

ކުލަބް އަޕްރައިޒިންގ އިން އިންތިޒާމްކޮށްގެން މަޑުއްވަރީ ކައުންސިލާ ގުޅިގެން މިދިޔަ ޑިސެމްބަރު 26 ން ޖެނުއަރީ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސީޔޫ ޗެމްޕިއަންޝިޕްގަައި ޖުމްލަ ފަސް ޓީމަކުން ބައިވެރިވެފައިވެއެވެ.

ޝެއަރކުރައްވާ