-- ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

 މ. މުލި ހިމެނޭ ގޮތަށް ހަ ރަށެއްގެ މަގު ހެދުމުގެ މަޝްރޫއުގެ ސާރވޭއާއި ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ކުރުމަށް ޕްލޭނިންގ މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.

މުލީގެ އިތުރުން ދެން މަގު ހެދުމުގެ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ހއ.ކެލާ، ރ.އަލިފުށި، ރ.ހުޅުދުއްފާރު، ލ.ގަން އަދި ތ.ގުރައިދޫގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީސްއާއެވެ.

3.2 މިލިއަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ، 120 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ޝެއަރކުރައްވާ